ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ހުޅުވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޤާއިމުކޮށްފައިވާ އައު ރީޖަނަލް އޮފީސް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި އޮފީސް ހުޅުއްވައިދެއްވީ، ޑެޕިއުޓީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާންއެވެ.

މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން ވިދާޅުވީ، މި އައު އޮފީހާއެކު އެ ސިޓީގައި މަސައްކަތް ކުރާ އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސައްކަތުގެ މާޙައުލަށް ބޮޑު ކުރިއެރުމެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އައު އޮފީސް ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުރު ލުއިފަސޭހަތަކެއް މަގުފަހިކޮށްދިނުމެވެ. މީގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ލިބޭނެއެވެ.

އިމިގްރޭޝަނުން ވަނީ، މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ބ.އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އދ. އަތޮޅުގައިވެސް ވަނީ، އިމިގްރޭޝަން އޮފީހެއް ޤާއިމުކޮށްފައެވެ.

އިމިގްރޭޝަނުން ކުޅުދުއްފުށީގައި ހުޅުވި މި އޮފީހާއިއެކު މިހާރު ރާއްޖޭގައި އިމިގްރޭޝަންސްގެ ރީޖަނަލް 2 އޮފީސް ހުންނާނެއެވެ. ރާއްޖޭގެ ދެކުނުގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީސް ހުންނަނީ، އައްޑޫސިޓީ ހިތަދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބިދޭސީންތަކެއް ބަލައިފާސްކޮށް 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި