ކުއްލި ޚަބަރު

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާކުރައްވަނީ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގާ އިސް މީހަކު ހައްޔަރުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖް: ދެއްވަދޫ ބަލިކޮށް ނައިވާދޫ ޗެމްޕިއަންކަން ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގއ. ދެއްވަދޫ ބަލިކޮށް ހދ. ނައިވާދޫ ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ދަނޑުގައި މިރޭ ކުޅުނު މި މެޗު ނައިވާދޫން ކާމިޔާބުކުރީ 9-3 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި ނައިވާދޫ ކުޅުނު ނަމަވެސް އެ ފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެކަމަކު، ގައުމީ ފުޓްސަލް ޓީމަށް ވެސް ކުޅޭ ކުޅުންތެރިން ތިބި ނައިވާދޫން ވަނީ އާ ހިތްވަރަކާއެކުގައި ނުކުމެ، މިފަހަރުގެ މުބާރާތުގެ އަތޮޅު މުބާރާތާއި ޒޯން މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. އެ ފަހަރު ތަށި ނެގީ ކ. ކާށިދޫންނެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ 15 ސިކުންތުގެ ތެރޭގައި ދެއްވަދޫން ވަނީ ލަނޑު ޖަހައި ނައިވާދޫ ޓީމު ހާސްކޮށްލައިފައެވެ. އެ ގޯލު ދެއްވަދުއަށް ކާމިޔާބުކޮށްދިނީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ނަމަވެސް ނައިވާދޫން މެޗުގެ ނަތީޖާ ހަމަހަމަކުރަން މާ ގިނައިރުތަކެއް ނުނެގިއެވެ.

ނައިވާދުއަށް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށްގެން ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

އޭގެ ފަހުގައި ދެން ފެނިގެން ދިޔައީ ނައިވާދޫން ފުލުފުލުގައި ލަނޑުތައް ޖަހައި ދެއްވަދޫ ޕްރެޝަރަށް ދުއްވާލި ތަނެވެ. ނައިވާދޫގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އައްމަޑޭގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާމީން މުހައްމަދު (ޔާންޓެ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ނައިވާދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ދެއްވަދޫގެ ރާއްކޮ ލަނޑު ޖަހައި ފަރަގު ކުޑަ ކުރި ނަމަވެސް ނައިވާދޫގެ މައިޝާން ވަނީ ގޯލް ޖަހައި މެޗުގެ ނަތީޖާ 5-2 އަށް ބަދަލުކޮށްލައިފައެވެ. އަދި ނައިވާދޫގެ ފަރަގު ބޮޑު ކުރީ މުހައްމަދު ވިޝާން (ވިޝާންޓެ) ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުގައި ދެން ފެނިގެން ދިޔައީ ދެއްވަދޫގެ ގޯލެކެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި)އެވެ.

އޭގެ ފަހުން މައިޝާން އެއް ލަނޑު، އަދި ޝާއްޕެ ދެ ލަނޑު ޖަހައި ފައިނަލް މެޗުގައި ހެޓްރިކް ވަނީ ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

ކަނޑުހުޅުދޫ އާއި ދެއްވަދޫވެސް ފެށުން ރަނގަޅު

އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި

TTH_advertisement