ކުއްލި ޚަބަރު

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާކުރައްވަނީ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގާ އިސް މީހަކު ހައްޔަރުކޮށްފި

ކުއީން އޭން ކްރޫޒްލައިން ރާއްޖެއަށް 2،669 ފަތުރުވެރިން ޒިޔާރަތްކުރި

ކްރޫޒް ލައިން އޮޕަރޭޓުކުރާ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ ކިއުނާޑް ކުންފުނީގެ ކުއީން އޭން ކްރޫޒްލައިނާ ރާއްޖެއަށް މިއަދު އައިސްފިއެވެ.

ރާއްޖެއަށް މިއަދު އެ ކްރޫޒްލައިން އައިސްފައިވާއިރު އެ ބޯޓުގައި 2،669 ފަތުރުވެރިންނާއި 1،250 ފަޅުވެރިން ދަތުރުކޮށްފައިވެއެވެ. މި ކްރޫޒްލައިނާ ނިސްބަތްވާ ކުންފުނި ކަމުގައިވާ ކިއުނާޑް ކުންފުންޏަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ކްރޫޒްލަައިންއެއް ގެނައި ކުންފުންޏެވެ.

ކުއީން އޭން ރާއްޖެއަށް ގެނައީ ސުޕަ ޔޮޓުފަހަރާއި ކްރޫޒްލައިންތައް ރާއްޖެ ގެނއުމުގެ މަސައްކަތްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)އިންނެވެ.

ކްރީން އޭން ރާއްޖެއަށް ކުރި ފުރަތަަމަ ދަތުރު ފާހަގަކުރުމަށް ހާއްސަ ހަފުލާއެއް ބާއްވާފައިވާއިރު، އެ ހަފުލާގައި މޯލްޑިވްސް އިމިގްރޭޝަން، މާޔާ އަދި މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ވަނީ އެ ކްރޫޒްލައިނަށް ހަނދާނީ ފިލާއެއް ހަދިޔާކޮށްފައެވެ.

މި ހަފުލާގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑޤ އަހްމަދު ފސީހު ބައިވެރިވެވަޑައިގެންފައިވެއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ކްރޫޒްލައިންގައި ދަތުރުކުރި 2،669 ފަތުރުވެރިންނާއި 1،250 ފަޅުވެރިންނަށް ކްލިއަރެންސްގެ ހިދުމަތް ފޯރުކޮށްދިނީ އިމިގްރޭޝަނުގެ ޓީމެއް ސޭޝެލްސްއަށް ގޮސް އެތަނުން ކްރޫޒްލައިނާ ގުޅުމަށްފަހުއެވެ.

ކުއީން “އޭން”އަކީ، ދިގުމިނުގައި 323 މީޓަރު އަދި ފުޅާމިނުގައި 36 މީޓަރު ހުންނަ އުޅަނދެކެވެ. މި ކްރޫޒްލައިންގައި 14 ފަންގިފިލާ ހުރެއެވެ. މި އުޅަނދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކާނާއަށް ހާއްސަ 15 ރެސްޓޯރެންޓު ހުރެއެވެ. މިއުޒިކާއި ޑްރާމާތައް ކުރިއަށްގެންދިއުމަށް ރަނގަޅު ފެންވަރުގެ ތިއޭޓާއެއްވެސް ހުރެއެވެ. ޖިމާއި ފިޓްނަސް ސެންޓަރުތައް ފަދަ އެހެނިހެން ހިދުމަތްތައް މި ކްރޫޒްއިން ލިބެއެވެ.

ކްރޫޒްލައިނާތައް ރާއްޖެއަށް އައުން މަޑުޖެހިފައިވަނިކޮށް މާޔާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ސަރުކާރުންވަނީ ކްރޫޒްލައިން ރާއްޖެއަށް އައުމާ ގުޅޭ އުސޫލުތައް ބަދަލުކޮށް އެކަންކަން ހައްލުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ނިމުނު އަހަރުވެސް އެކަށީގެންވާ އަދަދަކަށް ކްރޫޒްލައިނާ ރާއްޖެއަށް އައެވެ. މި އަހަރުގެ މިހާތަނަށް ފަސް ކްރޫޒްލައިނާ އައިސްފައިވާއިރު އަންނަ އާދީއްތަދުވަހު ހަވަނަ ކްރޫޒްލައިން ރާއްޖެއަށް އަންނަންވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުތުރުގެ 13 ފަޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި

tourists

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓު ހުޅުވާފައިވޭ

Ii

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

Ii

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެމިލިއަނާ ގާތްވެފައިވެއްޖެ

TTH_advertisement