މާލެ ކައިރިން 15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން މީހުން ދޫކޮށްލައިފިއެވެ.
މިއަދު މެންދުރުފަހު ހިނގި އެ ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ފަރުވާދިނެވެ.
އައިޖީއެމްއެޗުން ބުނީ މިހާރު އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނީ އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކަށް އެކަނި ކަމަށެވެ. ވޯޑުގައި އެޑްމިޓްކޮށްގެން އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެނގިފައިވާގޮތުގައި އެ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފައެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު