ކުއްލި ޚަބަރު

ކަންނެލި ދޯނީގައި އަލިފާން ރޯވުން: މިހާރު ފަރުވާދެމުން ދަނީ 53 އަހަރުގެ ދިވެއްސަކަށް

އިހަވަންދޫގައި އަލަށް ބިނާކުރި މިސްކިތް ހުޅުވައިފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ ހަޝީޝް އޮއިލް އަތުލައިގެންފި

ޝެއިޚް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި އަޅާ މިސްކިތަށް އެހީތެރިވާން ހުޅުވާލައިފި

Fareed miskiy

މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްމަރުޙޫމް ޝެއިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ މަސައްކަތަށް އެހީތެރިވުމުގެ ފުރުސަތު “ޚިދުމަތް ޖަމިއްޔާ” އިން ވަނީ ހުޅުވާލާފައެވެ. މި މިސްކިތަކީ 2,500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ދެ ބުރީގެ ބިނާއެކެވެ.

މި މިސްކިތުގެ ހާއްސަ ކަމަކީ ދީނީ އެކި ހަރަކާތްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލެއް ހިމެނުމެވެ. މީގެ ތެރޭގައި ގުރުއާން ކްލާސްތަކާއި، ހިފްޒު ކްލާސްތަކާއި، ދީނީ ސެމިނާ އަދި މުބާރާތްތައް ބޭއްވޭނެ އިންތިޒާމުތައް ހިމެނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ޚިދުމަތް ޖަމިއްޔާއިން މީގެ ކުރިން ވަނީ ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ވެސް މިސްކިތެއް އެޅުމަށް ފައިސާ އެއްކޮށްފައެވެ. އެ މިސްކިތަށް ބޭނުންވާ 760,000 ރުފިޔާ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބިފައިވާއިރު، އަންނަ ރޯދަ މަހަށް އެ މިސްކިތް ހުޅުވޭނެ ކަމަށް އެ ޖަމިއްޔާއިން ލަފާކުރެއެވެ. އެހީތެރިވުމަށް ފައިސާ ޓްރާންސްފާ ކުރަން އެދޭ އެކައުންޓް ނަމްބަރު: 7770000141496 (ދިވެހި ރުފިޔާ) އެވެ.

ޝެއިޚް އިބްރާހިމް ފަރީދު އަވަހާރަވީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު، ދީނީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ހުޅުމާލޭގައި ބިނާކުރާ މިސްކިތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ޖަމިއްޔާގެ “މިސްކިތު ފަންޑު” އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement