ކުއްލި ޚަބަރު

ކަންނެލި ދޯނީގައި އަލިފާން ރޯވުން: މިހާރު ފަރުވާދެމުން ދަނީ 53 އަހަރުގެ ދިވެއްސަކަށް

އިހަވަންދޫގައި އަލަށް ބިނާކުރި މިސްކިތް ހުޅުވައިފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ ހަޝީޝް އޮއިލް އަތުލައިގެންފި

ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ: ގާސިމް

Gasim ibrahim

ގައުމުގެ މަސްލަހަތަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޖޭޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ، މި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކަށް ވޯޓު ދިނުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އަންނަ އޭޕްރީލް މަހު ބާއްވާ އިންތިހާބުގައި އދ. މާމިގިއްޔާއި ފެންފުށީ ކައުންސިލް ފިޔަވައި އެހެން ހުރިހާ ދާއިރާއަކުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައިކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ސަރުކާރަށް ތާއީދުކުރަން ނިންމީ ގައުމަށް އިތުރު ހަމަނުޖެހުމެއް އަންނަން ބޭނުންނުވާތީ ކަމަށެވެ. ކުރީ ސަރުކާރުގެ ސަބަބުން ގައުމުގެ އިގްތިސާދު ބަނގުރޫޓްވުމުގެ މަގުމަތީގައި އޮއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ހައްލުކުރެއްވުމަށް އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް އެއްބާރުލުން ދޭންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.

“ހުރިހާ ބޭފުޅުން ވެސް ވޯޓު ދެއްވާށޭ ޕީއެންސީގެ މެންބަރުންނަށް، ގައުމުގެ މަސްލަހަތާއި އަމާންކަން ކުރިއަށް ގެންދިޔުމަށްޓަކައި،” ގާސިމް

އޭނާ އިތުރަށް ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުން ހޮވައިގެން ސަރުކާރަށް ދަތިކުރުމަކީ ރަށުގެ ތަރައްގީއަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށާއި، ކައުންސިލްތަކަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ލިބޭނީ ސަރުކާރާ ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

މީގެއިތުރުން، ގައުމުގެ ދަރަނި ދެއްކުމަށާއި އިގްތިސާދު ހަމަމަގަށް އެޅުވުމަށް ރައީސް މުއިއްޒަށް ފުރުސަތު ދޭންޖެހޭ ކަމަށާއި، ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހުގެ އައުލަބިއްޔަތު ސަރުކާރަށް އޮތުން މުހިންމު ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކައުންސިލު އިންތިހާބު ކޮންގުރެސްއިން ކާމިޔާބުކުރުމަކީ ގައުމީ މަސްއޫލިއްޔަތެއް: ޑރ.ޝަހީމް

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

DSC09861

އެމްޑީޕީގެ ސިޔާސަތުތައް ވަނީ ބާވެ މުސްކުޅިވެފައި: ފަލާހު

Election

ކައުންސިލް އިންތިޚާބު: 2،993 ކެންޑިޑޭޓުން ވާދަކުރާނެ

TTH_advertisement