ކުއްލި ޚަބަރު

ގިރާވަރުފަޅު ހިއްކަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން: ރައީސް

15 އަހަރުގެ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ހެދި ޖިމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

ދ. ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެގުމާއެކު އެ ރަށުގައި ގާއިމުކުރި ޖިމް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީގެ އިމާރާތުގައި ތަރައްގީކޮށްފައިވާ މި ޖިމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށާއި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރަށު ފެންވަރުގައި މިފަދަ ވަސީލަތެއް ގާއިމުވެގެން ދިއުމަކީ ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ބާރެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސަރުކާރުން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން 2026 ވަނަ އަހަރުގެ ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް ހިމެނިވަޑައިގެންފައިވާކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ވެސް ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް އެޅުއްވި މުހިންމު ފިޔަވަޅުތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ކުރި މި މަސައްކަތަކީ ނަމޫނާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ އެހެން ރަށްރަށުގެ ކޮމިޓީތަކުން ވެސް މިފަދަ ކަންކަމުގައި އިސްނެގުމަށް މެޑަމް ސާޖިދާ ގޮވާލެއްވިއެވެ. އަދި މި ޖިމްގެ ބޭނުން ރަށުގެ ރައްޔިތުން އެންމެ ހެޔޮގޮތުގައި ހިފާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދުގެ އިތުރުން ކައުންސިލް މެންބަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުން އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގޯލްޑަން ފުޓްސަލް ޗެލެންޖް ޒޯން 5 ގެ ޗެމްޕިއަންކަން ކުޑަހުވަދޫއަށް

ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާރުސީސީން ކުޑަހުވަދޫގައި ތަރައްގީކުރާ ހައުސިން ޕްރޮޖެކްޓުުގެ އަމަލީ މަސައްކަތް ފަށައިފި

ކުޑަހުވަދޫގައި ޕަވަރ ބޭންކު ގޮވުމުގެ ސަބަބުން ގެއެއްގެ ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

TTH_advertisement