ކުއްލި ޚަބަރު

ގިރާވަރުފަޅު ހިއްކަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން: ރައީސް

15 އަހަރުގެ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

ރަމަޟާންމަހު ނަމާދަށް ވަގުތު ހުސްކުރޭ: ޚުޠުބާ

mosque , miskih, khuthuba

ރަމަޟާންމަހު ފަރުޟު ނަމާދުގެ އިތުރަށް،ތަރާވީޙުނަމާދަށް ވަގުތު ހުސްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

މި ޚުޠުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައިވަނީ ބަރަކާތްތެރި ރަމަޟާންމަހަށް މަރުޙަބާ ކިޔުމަށާއި، އެ މަހުގެ ދަރުމައާއި ސަވާބު ހޯދުމަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށެވެ. ރަމަޟާންމަހަކީ ތަޤުވާވެރިކަމާއި، ކެތްތެރިކަމާއި، އިޚުލާޞްތެރިކަން ދަސްކޮށްދޭ މައްސަރެއްކަން ފާހަގަކޮށް، ހަމައެކަނި ނުކައި ނުބޮއި ހުރުމުގެ ބަދަލުގައި ދުލާއި ގުނަވަންތައް ފާފަތަކުން ދުރުހެލިކުރުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.

ރޯދައިގެ ޝަރުޢީ މާނައަކީ ފަޖުރުލީއްސުރެ އިރު އޮއްސުމާ ހަމައަށް ރޯދަގެއްލޭ ކަންކަމުން ދުރުހެލިވުން ކަމަށްވާއިރު، ބައެއް ޚާއްޞަ ޙާލަތްތަކުގައި ރޯދަ ދޫކޮށްލުމުގެ ލުއިފަސޭހަކަން އިސްލާމްދީނުގައި ދެއްވާފައިވާ ގޮތް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ދަތުރުވެރިންނާއި، ބަލިމީހުންނާއި، މާބަނޑު މީހުންނާއި ކިރުމައިންނަށް ރޯދަ ފަސްކުރެވޭނެ ގޮތްތަކާއި، ދާއިމީ ބަލިމީހުންނާއި މުސްކުޅިން ފިދުޔަ ދޭންޖެހޭ ގޮތް ވަނީ ތަފްޞީލުކޮށްދީފައެވެ.

މީގެ އިތުރުން ރޯދަ ގެއްލޭ ބައެއް ކަންކަމުގެ ތެރޭގައި ހަށިގަނޑަށް ހަކަތަ ލިބޭ އިންޖެކްޝަން ޖެހުމާއި ޑަޔަލިސިސް ހެދުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. އަދި ޝަރުޢީ ޢުޒުރަކާ ނުލައި ގަސްތުގައި ރޯދަ ދޫކުރުމަކީ ބޮޑު ފާފައެއް ކަމާއި، ރަމަޟާންމަހުގެ ދުވާލު ޖިމާޢުވާ މީހާގެ މައްޗަށް އޮތް ބޮޑު ކައްފާރާގެ ޙުކުމްތައް ވެސް ހަނދާންކޮށްދީފައިވެއެވެ.

“ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެކެވެ. މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެއެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހެއެވެ. މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއްނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެއެވެ.” ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާ ނިންމާލަމުން، ރަމަޟާންމަހުގެ ވަގުތުތައް ބޭކާރު ނުކޮށް، ރޭއަޅުކަމާއި ހާރުދަމުގެ ދުޢާތަކުގައި މަޝްޣޫލުވެ، މާތް اللهގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

ކުދީންގެ ހިތްތަކުގައި އީމާންކަމާއި މަތިވެރި އަޚުލާޤުގެ ބިންގާ އަޅައިދޭށެވެ: ޚުޠުބާ

hukuru khuthuba

އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން: ޚުޠުބާ

hukuru khuthuba

ހެޔޮލަފާ ދަރިން ދެއްވުން އެދި ދުޢާ ކުރުމުގެ މުހިންމު: ޚުތުބާ

hukuru khuthuba

މަކަރުވެރި شيطانއާ، ތިޔަބައިމީހުން اللهއާ މެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ: ޚުޠުބާ

TTH_advertisement