ކުއްލި ޚަބަރު

15 އަހަރުގެ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ފަށައިފި

ޓައިމްގެ ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމުން ޑަބްލިއުއެޗްއޯގެ ތައުރީފު

އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިންއިން ހޮވާ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޚްސިއްޔަތުގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.

މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ދުނިޔޭގެ ފެންވަރުގެ މި ޝަރަފު ރައީސަށް ލިބިވަޑައިގަތުމަކީ އާންމު ސިއްހަތު ކުރިއެރުވުމަށާއި ބަލިތަކުން ރައްކާތެރިވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ އަގުވަޒަންކުރުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މުހިންމު މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގަންނަކަމުގެ ހެއްކެއް ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ޓައިމް މެގަޒިންއިން ރައީސް މުއިއްޒު މި ލިސްޓުގައި ހިމެނުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދުންފަތާ ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކެވެ. ޚާއްސަކޮށް، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކޮށް، “ޖެނެރޭޝަން ބޭން” އެއް ތައާރަފްކޮށް ތަންފީޒުކުރާ ފުރަތަމަ ގައުމަށް ރާއްޖެ ވުމަކީ އެ ނޫހުން ވަރަށް ބޮޑަށް ފާހަގަކޮށްފައިވާ ކަމެކެވެ. މީގެ އިތުރުން ވޭޕާއި އީ-ސިނގިރޭޓް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ނިންމި ނިންމުމަކީވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ޓައިމްއިން ސިފަކޮށްފައިވެއެވެ.

ރައީސް މުއިއްޒުގެ ސިއްހީ ސިޔާސަތުތަކާ ގުޅޭގޮތުން ޓައިމްގައި ޝާއިއުކުރި ލިޔުމުގައި އިތުރަށް ބުނެފައިވަނީ، ހަމައެކަނި މަނާކުރުމުގެ ބަދަލުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ ކްލިނިކްތައް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ، ކޮންމެ ވަގުތަކުވެސް ގުޅޭނެ ހެލްޕްލައިނެއްގެ ޚިދުމަތް ފަށާފައިވުމާއި، މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ނުރައްކާތެރި ބަލިތައް ކަމަށްވާ އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ރާއްޖެއިން މުޅިން ނައްތާލާފައިވާކަންވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

މި ކާމިޔާބީތަކާ ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ، އެންމެންނަށް ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި ޔުނިވާސަލް ހެލްތު ކަވަރޭޖް ހޯދައިދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުވިލާތަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ، ރާއްޖެއަށް ވުޖޫދީ ކަމެއް: ރައީސް

raees muiz

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

muthalib

ބޯހިޔާވަހިކަމުގެ އާ 2 ކެޓަގަރީގެ އުސޫލު އަންނަ ހަފްތާގައި، ފޯމު ހުށަހެޅުން މާޗު މަހު

TTH_advertisement