ކުއްލި ޚަބަރު

ގިރާވަރުފަޅު ހިއްކަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން: ރައީސް

15 އަހަރުގެ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލްގެ މާލޭ ކްލިނިކުން އެންޑޮކްރިނޮލޮޖީގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސައިފި

15 އަހަރުގެ ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާ އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ދެ ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ އެ ރަށު ސިލްވަސްޓާ، ޢަލީ ޙަސަން (44އ) އާއި ކަސްތޫރިގެ، މުޙައްމަދު އިޙްސާން (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބިފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. ތުހުމަތު ކުރެވޭ ފަރާތްތަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ.

މިގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރި ޢަލީ ޙަސަން ބަންދުގައި ބެހެއްޓުމަށް ދީފައިވާ މުއްދަތު އަންނަ މާޗް މަހުގެ އެއްވަނަ ދުވަހަށް ހަމަވާއިރު، މި މަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރި މުޙައްމަދު އިޙްސާންގެ ބަންދުގެ މުއްދަތު ހަމަވާނީ މާޗް 6 ވަނަ ދުވަހަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

police

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

“މޯލްޑިވްސް މެރިން އެކްސްޕޯ 2026” ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ

police

ހުއިފިލަނޑާތަކެއް ނީލަން ކިޔަން ނިންމީ ޕީޖީގެ ލަފާ ލިބިގެން: ފުލުހުން

TTH_advertisement