ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ބޯހިޔާވަހިކަމުގެ އާ 2 ކެޓަގަރީގެ އުސޫލު އަންނަ ހަފްތާގައި، ފޯމު ހުށަހެޅުން މާޗު މަހު

muthalib

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސްކީމަށް އަލަށް އިތުރުކުރި ދެ ކެޓަގަރީގެ އުސޫލު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާންމުކޮށް، އަންނަ މާޗު މަހުގެ ތެރޭގައި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ހުޅުވާލާ މި ފުރުސަތަކީ އަމިއްލަ ބިންވެރިކަމެއް ނެތް އާއިލާތަކަށް އެކަން ފަހިކޮށްދިނުމަށް ކުރެވޭ ކަމެއް ކަމަށެވެ. މިހާރު ކުރިއަށްދަނީ މި ކެޓަގަރީތަކުގެ ޝަރުތުތަކާއި މާކްސް ދޭނެ މިންގަނޑުތައް ކަނޑައަޅައި، އުސޫލު ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި، ރޯދަ މަހުގެ ކުރިން އުސޫލު ގެޒެޓްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަލަށް އިތުރުކުރެވޭ ދެ ކެޓަގަރީއަކީ، ދެމަފިރިންގެ ތެރެއިން އެކަކުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދެވޭ ކެޓަގަރީއާއި، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، އެ ގޯތި ދޫކޮށްލުމަށްފަހު ވަކިން ގޯތި ހޯދުމަށް އެދެވޭ ކެޓަގަރީއެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ގޮތަށް، މިއިން ކޮންމެ ދާއިރާއަކުން 1000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖޮއިންޓްކޮށް ފްލެޓް ލިބިފައިވާ ފަރާތްތަކަށްވެސް މިފަދަ ގޮތަކަށް އަމަލުކުރެވޭނެ ގޮތެއް ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިވުމުގެ ފުރުސަތު ދިނުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ގިނަ ބަޔަކު ގުޅިގެން ގޯއްޗަށް އެދުނީ އެގޮތަށް ހުށަހެޅުމުން ގޯތި ލިބުމުގެ ފުރުސަތު ބޮޑުވުމުން ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ނުކުމެދާނެތީ، އެފަދަ އާއިލާތަކަށް ވަކިން ބޯހިޔާވަހިކަން ހޯދައިދިނުމަކީ މި ބަދަލުގެ މައިގަނޑު ބޭނުން ކަމަށް މުއްޠަލިބް ވިދާޅުވިއެވެ. މިގޮތަށް ވަކިވާނަމަ، އެންމެން އެއްބަސްވެގެން ކުރިން ލިބިފައިވާ ބިން އެއްކޮށް ދޫކޮށްލަން ޖެހޭނެއެވެ. ސަބަބަކީ ބިންކޮޅު ވަކިކޮށްފިނަމަ ދޫކޮށްލާ ބައި ކުޑަވެ، އޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިފިދާނެތީއެވެ.

“ބޯހިޔާވަހިކަން އެންމެނަށް” ސްކީމްގެ ދަށުން ރަސްމާލެއިން 15،000 ގޯއްޗާއި 7،900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ގޯއްޗަށް ނަމަ އަންނަ މާޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 17 ގެ ނިޔަލަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raeees muiz

ސައިންސްގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުމަކީ ޤައުމީ ތަރައްޤީގެ މައި ތަނބު: ރައީސް

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

muiz

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް

ތެރަޕީތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

TTH_advertisement