ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތަށި އެމްޕީއެލް އާއި ކަސްޓަމްސްއިން އުފުލާލައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 13 ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) އިން ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 12 ޓީމަކުން ވާދަކުރި މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދީ ފައިނަލުގައި އެމްއެންޑީއެފްއާ ވާދަކޮށް މޮޅުވެގެންނެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަސްޓަމްސްއިން ހޯދީ ފައިނަލުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަލިކުރުމަށްފަހުއެވެ. އަންހެން ޑިވިޝަނުގެ ޓީމު އިވެންޓުގެ ތިންވަނަ މަގާމު ލިބުނީ އެމްއެންޑީއެފް އަށެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުތަކަށް ބަލާއިރު، އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ބީއެމްއެލްގެ ފާތިމަތު ރައުފާ މުޙައްމަދު ހާފިޒެވެ. އޭނާ މި ކާމިޔާބީ ހޯދީ ފައިނަލުގައި ބީއެމްއެލްގެ ފާތިމަތު ޝަމްނާ ޝަމްއޫނާ ވާދަކޮށެވެ. ފިރިހެން ސިންގަލްސް އިވެންޓުގައި އެމްޕީއެލްއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ޗެމްޕިއަންކަން އެމްޕީއެލްގެ އިސްމާޢީލް ޖީހާން ހޯދިއިރު، ދެވަނަ ލިބުނީ އެމްޕީއެލްގެ އަބްދުﷲ އަފީފަށެވެ. އަދި ތިންވަނަ ހޯދީ ވެސް އެމްޕީއެލްގެ މުޙައްމަދު ދުންޔާޒެވެ.

މީގެ އިތުރުން ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްގެ މުޙައްމަދު މައުރޫފެވެ. މި ބައިން ދެވަނަ ސްޓެލްކޯގެ އަޙްމަދު ޝިވާޒް ހޯދިއިރު، ތިންވަނަ ލިބުނީ އެމްއެންޑީއެފްގެ އަޙްމަދު ފަޒްލީނަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24

ކަސްޓަމްސް އޮފިސަރުންގެ ވަޒީފާއަށް 48 މީހުން ހޯދަނީ

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި