ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވާގޮތް ހަދަން ގާނޫނުއަސާސީ އިސްލާހުކުރަން ކޮމިޓީން ފާސްކޮށްފި

66

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މި އިސްލާހު ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެއްގެ ދަށުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދެ އިންތިޚާބު ވަކި ވަކިން ބާއްވަން ޖެހުމުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދު ބޮޑުވާ ކަމަށެވެ. އަދި ކޮންމެ ރައީސަކަށް ވެސް ވެރިކަމަށް ވަޑައިގެން ދުވަސްކޮޅެއްފަހުން އިތުރު އިންތިޚާބެއްގެ ކެމްޕޭންގައި އުޅުއްވަންޖެހިވަޑައިގަތުމުން ސަރުކާރު ހިންގުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ކޮމިޓީން މިއަދު ފާސްކުރި އެ ބިލް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މަޖިލީހުގެ ތަޅުމުން އެ ބިލް ފާސްކޮށްފިނަމަ، ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށްފަހުއެވެ.

އެގޮތުން އެކަމުގައި ރައްޔިތުން ދެކޭގޮތެއް ބެލުމަށް ކައުންސިލް އިންތިޚާބާ އެއްކޮށް ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި