ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޫކްގެ ދަރަނި ޚަލާސްކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު ދެއްވައިފި

Qw

ރާއްޖޭގެ އާމްދަނީއަށް ބަލައިގެން، 500 މިލިޔަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކޭނެ ގޮތްތައް ރާވާފައިވާކަން ފާހަގަކުރައްވައި އެ ދަރަނި ދެއްކޭނެކަމުގެ ފުރިހަމަ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނާ ގުޅިގެން، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި އެޕްރީލް މަހު ދައްކަންޖެހޭ 500 މިލިޔަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތާ ޚިލާފަށް، ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. މިގޮތުން، ދަރަނި އަދާކުރުމަށް ބޭނުންވާ 150 މިލިއަނެއްހާ ޑޮލަރު ނަގަންޖެހޭއިރު، އެ ފައިސާ ކުޑަ އިންޓަރެސްޓެއްގައި ހޯދޭނެ ފަދަ މާލީ ހާލަތަކަށް ރާއްޖެ ގެންގޮސްފައިވާކަމަށް ޒަމީރު ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު އޮތް އެންމެ ބޮޑު މާލީ ގޮންޖެހުމަކީ 2017 ވަނަ އަހަރު ނެގި 250 މިލިޔަން ޑޮލަރުގެ ބޮންޑު ދެއްކުމަށްޓަކައި، 2021 ވަނަ އަހަރުގެ ސަރުކާރުން މާ ބޮޑު އަގުގައި ނެގި 500 މިލިޔަން ޑޮލަރުގެ ސުކޫކު މިއަހަރު ދައްކަން ޖެހުން ކަމަށެވެ.

މީގެ އިތުރަށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ރިޕޯޓުތަކުން ރާއްޖެ އޮތީ “އެޓް ހައި ރިސްކް އޮފް ޑެޓް ޑިސްޓްރެސް” ނުވަތަ ދަރަނި ނުދެއްކިދާނެ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށް ބަޔާންކޮށްފައި އޮތުމަކީ ވެސް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކުރެއްވި ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން ދަރަނި ދެކޭނެ ގާބިލްކަން ދައުލަތުގެ ރިޒާވްގައި އެބަހުރި ކަމަށެވެ.

“މިހާރު އެބަހުއްޓޭ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި (އެސް.ޑީ.އެފް) ފައިސާ ދެއްކުމަށްޓަކައި 275 މިލިޔަން ޑޮލަރަށްވުރެ އިތުރަށް. އޭގެ މާނައަކީ 2017 ގައި ނެގިފައި އޮތް 250 މިލިޔަން ޑޮލަރުގެ ދަރަނި މިހާރު ދައްކަންވީ ފައިސާ އެހެނީ. އަދި އޭގެ އިތުރަށް 25 މިލިޔަން ޑޮލަރު އެބަހުރި”، ޒަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާރު ހުރީ 600 މިލިޔަން ޑޮލަރާ ގާތްކުރާ މިންވަރެއްގައޮ ކަމަށާއި ގްރޮސް ރިޒާވްގައި 1.1 ބިލިޔަނަށްވުރެ ގިނަ ފައިސާ ހުރުމާއެކު، ސުކޫކުގެ ދަރަނި މިއަދު ދައްކަން ޖެހުނު ނަމަވެސް އެކަން ކުރުމުގެ ޤާބިލުކަން ސަރުކާރުގައި އެބަހުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

ރާއްޖެއާއި އޮމާނާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި

Mm

ރާއްޖެ އާއި އޯޕެކް ފަންޑާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި