ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

66

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުއްރައޫފް އިބްރާހީމާއި  ކްރިމިނަލް ކޯޓްގެ ފަނޑިޔާރު ކަމަށް އިސްމާއީލް ޝަފީއު އައްޔަންކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުކަން ކުރިންވެސް ކުރެއްވި އަބްދުއްރައޫފް އިބްރާހީމާއި  ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މަގާމުގައި މިހާތަނަށް ހުންނެވި އިސްމާއިލް ޝަފީއު އެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެއްވީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަހުމަދު ނިޔާޒު އެވެ.

ހައި ކޯޓަށް އަލުން އައްޔަންކުރެވުނު އަބްދުއްރައޫފް އިބްރާހިމަކީ މާޗު 2011 އިން މެއި 2022 އާ ހަމައަށް އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ އޭނާ މަގާމުން ވަކިކުރަން އުޅެނިކޮށެވެ.

ރައޫފަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ހައި ކޯޓަށް ދެން އައްޔަންކުރެވުނު އިސްމާއިލް ޝަފީއުއަކީ ޝަރުއީ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވާސިޓީން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ޝަފީއު ވަނީ މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުވެސް ފުރުއްވާފައެވެ. އޭނާ ކްރިމިނަލް ކޯޓުގެ ގާޒީކަމާ ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 2021 ގައެވެ.

ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރެއްވި އަހުމަދު ނިޔާޒަކީ ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ވިލާ ކޮލެޖުން ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ނިޔާޒު ވަނީ 2013 ވަނަ އަހަރުން ފެށިގެން ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ފުރުއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި