ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް

WhatsApp Image 2026 02 04 at 16.18.48

ކުޑަކުދިން ކީރިތި ޤުރްއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަޞްރު ޖަމްޢިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި ކުލާސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ބުދަދުވަހުއެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި ވަނީ ހުރިހާ ޖާގައެއް ހަމަވެފައެވެ. 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން ކްލާސްތަކުގައި ބައިވެރިވެފައިވާކަމަށް އެޗްޑީސީއިން ބުންޏެވެ. މިހާރު ވަނީ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ބަންދުކޮށްފައެވެ.

އެޗްޑީސީއިން ބުނީ މިއީ، ހުޅުމާލޭގައި ޤުރްއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަޞްރު ޖަމްޢިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެއްކަމަށެވެ.

އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ޤުރްއާން ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިންނަށް ވަކިންނެވެ.

ކްލާސްތަކުގައި ޤުރްއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ތަމްރީންކުރުން ކުރިއަށްގެންދާނީ އަލް އަޞްރު ޖަމްޢިއްޔާގެ ފަރާތުންނެވެ. އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަޞްރާއެކު ސޮއިކުރި އެއްބަސްވުމުގެ މަޤްޞަދަކީ، ދީނަށް ލޯބިކުރާ މުޖްތަމަޢެއް ބިނާކުރުމެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމަޢުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އަމާޒެއްކަމަށް އެޗްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި