ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލް އިން ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

778

ރާއްޖެ އަށް އެތެރެކުރާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް އަދި އެހެނިހެން މުދާތައް އެކި ސަރަހައްދުތަކަށް ގެންގޮސްދިނުމަށް ދައުލަތުގެ ޕޯޓު ކުންފުނި، އެމްޕީއެލް އިން ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ ފެށި މި އަހަރުގެ މެރިން އެކްސްޕޯގައި “މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް” ގެ ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެމްޕީއެލް އިން ބުނީ، އެ ހިދުމަތުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ގުދަންތަކާ ހިސާބަށް އެއްވެސް ދަތިކަމެއް ނެތި ގެންގޮސްދިނުން ކަމަށެވެ. އަދި އެ ބާވަތްތައް ގުދަންތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ތާވަލް ކޮށްގެން ކުރާ ދަތުރުތަކާއި “ކޯލްޑް ޗެއިން ކެޕޭސިޓީ” އިތުރަށް ހަރުދަނާ ކުރުމަކީ ވެސް  މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސްގެ މަގުސަދެއް ކަމަށް އެމްޕީއެލުން ބުންޏެވެ.

“މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްއަކީ ރާއްޖެ އަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި ގުދަން ކުރުމާއި އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގާއަކުން ގުޅާލުމަށް އެމްޕީއެލް އިން ފަރުމާ ކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ،” އެމްޕީއެލުން ބުންޏެވެ.

“މިއާ އެކު، ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ.”

ޕީއެލުން ބުނީ، ސަރުކާރުން އެކުލަވައިލި ލޮޖިސްޓިކް ނެޓްވޯކް ANCHOR ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ. އެއާ އެކު، އެމްޕީއެލުން މިހާތަނަށް ދެމުން އައި ލޮޖިސްޓިކްސްގެ ހިދުމަތް ފުޅާކޮށް، މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް އެއީ ވަކި ހިދުމަތެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

“ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި އެ ސަރަހައްދަކާ އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށްދިނުމުގައި އިތުރު ޕާޓީއެެއްގެ އެހީއަކާ ނުލައި، އެމްޕީއެލް އިން އެ ހިދުމަތް ފޯރުކޮށްދޭނެ،” އެމްޕީއެލް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ