ހުޅުމާލޭގައި ހަދަމުން އަންނަ މީޑިއާ ވިލެޖުގެ މަސައްކަތް ނިންމައި، މި އަހަރުގެ ތެރޭގައި އެތަން ބޭނުންކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މީޑިއާތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މި ޕްރޮޖެކްޓު ރާވަން ފެށި ކަމަށެވެ. ހުޅުމާލެ ފޭސް 1 ގައި ހަދަމުންދާ މި މަރުކަޒުގައި 34 ޖާގަ ހިމެނޭއިރު، މަސައްކަތް ވަރަށް ހަލުއިވަރުން ކުރިއަށްދާ ކަމަށާއި މި އަހަރުގެ މެދުތެރޭގައި މީޑިއާތަކަށް އެތަން ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިމާރާތަކީ 17 އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި ނަމަވެސް ނުނިމި ހުރި އިމާރާތެކެވެ. މި އިމާރާތް ތަރައްޤީކޮށް ހިންގުމުގެ ޒިންމާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓުގައެވެ.
ކިޔުންތެރިންގެ ހިޔާލު