ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އުނގޫފާރާއި ދުވާފަރާ ދެމެދު ފެރީގެ ދަތުރުތައް އިތުރުކުރަނީ

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Qw
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު — ފޮޓޯ: މިހާރު

މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މޫސާ އަލީ ޖަލީލް ހުންނަވާތީ ހޭވައްލާ ތައްޔާރަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މާލޭ ސިޓީ ކައުންސިލުގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީގެ އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުފައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ވެރިކަން ކުރައްވާނެ ގޮތުގެ މެނުއަލްއެއް ތައްޔާރުކުރައްވަައި އިންތިހާބުކުރި ރައްޔިތުންނަށް ހުށަހަޅުއްވައި، އެ މެނުއަލްގައި ހުރި ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާއިރު މިހާރު މާލެ ސިޓީއަށާއި އެހެނިހެން ސިޓީތަކަށާއި ރަށްތަކަށް ބޭނުންވާ އެ މެނުއަލްގައި އެމަނިކުފާނު ހިމެނުއްވި ކަންކަން ތަންފީޒުކުރުމުގައި ވާގިވެރިވާނެ މަދަދުގާރުން ސިޓީތަކާއި ރަށްތަކުގެ ހިންގުމަށް އިންތިހާބުކުރުން ކަމަށެވެ.

“މިކަން ހަމަ މަަގަށް އެޅުވުމަށްޓަކައި މި މާލެއަށް ވާހަކަދައްކާ ކަމަށްވާނަމަ އަޅުގަނޑުމެންނަށް ބޭނުންވަނީ މިކަންކަން ޒުވާން ބަހުން ބުނާނަމަ ޑަންކުރާނެ، ރައީސުލްޖުމްހޫރިއްޔާގެ މެނުއަލް ތަންފީޒުކުރާނެ ޖޯޝުހުރި ޓީމެއް ބޭނުންވަނީ. ޖޯޝު ހުރި ބޭފުޅަކު މޭޔަރުކަމަށް ގެންނަންޏާ ޝައްކެއް ނެތް އަޅުގަނޑުމެންގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަކީ އެބޭފުޅަކީ،” ސައީދު ވިދާޅުވިއެވެ.

މޫސާ އަލީ ޖަލީލަކީ ދެކެފަރިތަ ބޭފުޅަކަށްވުމުގެ އިތުރުން ކުރީގައި އެކުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ޖަލީލަކީ ކަންކަން ކުރިމަތިވުމުން ހާސްވެވަޑައިގެން ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ހަށިކޮޅުގައި ހަކަތަ ނެތިގެން ނިދިކުރައްވަން ޖެހިވަޑައިގެން ޒިންމާއިން ރެކިވަޑައިގަންނަވާ ބޭފުޅަކަށް ޖަލީލު ނުވާނެ ކަމަށެވެ.

“ކަމެއް ޖެހުނީމާ ދޮރުލައްޕާފައި ފިލާކަށް ނުދާނެ، ކަމެއް ޖެހުނީމާ ގައިގަ އެނާޖީ ނެތިގެން އާފްޓަނޫން ނެޕެއް ނުނަގާނެ. އެބަ އަންނަމޭ ޖައްސާލަފައެކޭ ވިދާޅެއްނުވާނެ. ކޮންމެ ކަމަކަށް ކޮންމެ ގަނޑިއެެއްގައި ގޮވައިލިޔަސް ހޭވައްލައި ތައްޔާރަށް ހުންނަވާނީ،” ސައީދު ވިދާޅުވިއެވެ.

ރައީސްގެ ސިޔާސަތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް ހިމެނޭ ކަމަށާއި، މާލޭ ސިޓީގެ މޭޔަރުކަމަށާއި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމަށް ރައީސްގެ ޓީމު އިންތިހާބުވެވަޑައިގަތުމުން އެ ހުރިހާ ކަމެއްވެސް ތަންފީޒުކުރައްވައި ނިންމަވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

Image 20

ވިޔަފާރިވެރިންނަށް އުފާވެރިކަން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ބޮޑެތި ލުއިތަކެއް ދެނީ

TTH_advertisement