ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެސްޑީގެ ސީއީއޯއަކަށް ނޫރުބާން އައްޔަންކުރައްވައިފި

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނޫރްބާން ފަހުމީ އައްޔަންކުރައްވައިފިއެވެ.

އޭގެ އިތުރުން ނޫރުބާން ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)ގެ ޗީފް ސްޓްރެޓެޖީ އޮފިސަރުގެ މަގާމަށްވެސް އައްޔަންކުރައްވައިފައެވެ.

އެމްއެސްއީ އިން ބުނީ އެ މަގާމުތަކަށް ނޫރުބާން އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 1 ގައި ކަމަށެވެ.

ނޫރްބާން ވަނީ ވޭތުވެދިޔަ ހަތް އަހަރަށްވުރެ ގިނަ ދުވަހު މި ދެ މުއައްސަސާގެ އިސް މަގާމުތައް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ޗީފް އޮޕަރޭޓިން އޮފިސަރު، ލީގަލް ކައުންސެލް، އަދި ކުންފުނީގެ ސެކްރެޓަރީގެ މަގާމު ހިމެނެއެވެ.

ނޫރްބާން ވަނީ ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން ބެޗްލަރ އޮފް ލޯސް (އެލްއެލްބީ) ހާސިލްކުރައްވައިފައެވެ. އަދި ލަންޑަންގެ އެސްއޯއޭއެސް ޔުނިވާސިޓީން ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު