ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ޒަކާތުގެ ޤާނޫނުގެ ދަށުން ކޮމިޓީ އުފައްދަވައި މެންބަރުން އައްޔަނުކުރައްވައިފި

ޒަކާތު ޤާނޫނުގެ ދަށުން، ‘ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ’ އުފައްދަވައި އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.

ޒަކާތުގެ ޤާނޫނުގައި ބުނެފައިވަނީ، ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަންވާނޭ ކަމަށެވެ.

ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީން ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންވާނޭކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި މެންބަރުންނަކީ:
ޗެއަރޕަރސަން: އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން (މ. ޕެޓީބާރޑް، މާލެ ސިޓީ)، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މެންބަރު: އަލްއުސްތާޛު އުސާމް މުޙައްމަދު ސަޢީދު (ގަމަރީ، ގދ. މަޑަވެލި)، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މެންބަރު: އަލްއުސްތާޛު ޢަބްދުލްހާދީ ޙުސައިން (ޓިއުލިޕް، ރ. ކިނޮޅަސް)، ހެޑް އޮފް ޝަރީޢާ ކޮމްޕްލަޔަންސް އެންޑް ގަވަރނަންސް، ބީ.އެމް.އެލް އިސްލާމިކް، ބޭންކް އޮފް މޯލްޑިވްސް
މެންބަރު: އަލްއުސްތާޛު އަޙްމަދު ފިރާސް (ވެސްޓްލައިޓް، ސ. ހުޅުދޫ)، ކަންޓްރީ ހެޑް އޮފް ޝަރީޢާ، އެޗް.އެސް.ބީ.ސީ އަމާނާ، މެލޭޝިއާ
މެންބަރު: އަލްއުސްތާޛު ޢަޒްމީނު ރަޝީދު (ޗަނބޭލީވިލާ، ގދ. ރަތަފަންދޫ)، ސީނިއަރ ލީގަލް ސްޓްރެޓެޖިސްޓް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން
“ޝަރީއާ އެޑްވައިޒަރީ ކޮމިޓީ” އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ލިބޭ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކޮށްފި

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލަކަށް އިމްތިޠާއު

mudalu zakaai

މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބުނު

ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

TTH_advertisement