ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

66

ޕާކިސްތާނުގެ ބަލޯޗިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރުން ވަނީ ތައުޒިޔާ ފޮނުވައިފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެނުއަރީ 31 ވަނަ ދުވަހު ޕާކިސްތާނުގެ ބަލޯޗިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ރާއްޖެއިން ވަރުގަދައަށް ކުށްވެރިކުރާ ކަމަށެވެ.

ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ އަމަލުތަކަކާއި ރާއްޖެއިން ދެކޮޅުހަދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހަމަލާގެ ޝިކާރަައަކަށްވީ މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާ ކަމަށާއި ހިތާމައިގެ މިވަގުތުގައި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާ އެކުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ޕާކިސްތާނުގެ ބަލޯޗިސްތާނުގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތަކުން ދިން ހަމަލާތަކުގައި އާއްމުންގެ 31 މީހުންނާއި ސިފައިންގެ 17 މީހަކު ވަނީ މަރުވެފައެވެ. އަދި އެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ 145 މީހުން ވެސްް މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

މެދުއިރުމަތީގައި ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

kulli khabaru

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފި

767

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

Izaam

ފަލަސްތީނު މީހުންނަށް އެހީދޭ ޖަމާއަތުގެ އިމާރާތް ތަޅާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި