ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހިތުގެ ބަލިތަކުގެ ފަރުވާ ފަށައިފި

ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ހިދުމަތް ފެށުމަށް ބޭނުންވާ ކާޑިއޮލޮޖިސްޓް މިދިޔަ މަހުގެ 27 ގައި ތިނަދޫއަށް ވަޑައިގަތުމާ ގުޅިގެން، ހޮސްޕިޓަލުން ރަސްމީކޮށް މި ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 29 ގައެވެ.

މި ވަގުތު ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި، ހިތުގެ ބަލިތަކަށް ހާއްސަ އޯޕީޑީ ފަރުވާއާއި، ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ އިތުރުން ‘އެކޯ’ ހެދުމުގެ ހިދުމަތް ހިމެނެއެވެ.

މީގެ އިތުރުން، ހިތުގެ ބަލިތަކާ ގުޅުންހުރި އިތުރު ހިދުމަތްތައް ވަރަށް އަވަހަށް ހޮސްޕިޓަލުގައި ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

987fd

ތިނަދޫ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސާޖަރީއެއް