ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއޭސީއެލުން ސެކިއުރިޓީ އޮފިސަރުންގެ ތަމްރީނު ކޯހެއް ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކޮށް، ފަންނީ މިންގަނޑުތައް ހިފެހެއްޓުމުގެ މަޤުސަދުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އިން ސެކިއުރިޓީ އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

ހުޅުލެ އައިލެންޑް ހޮޓެލުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސަރވިސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ ޙަސަން އަޝީތުގެ އިތުރުން އެ ޑިޕާޓްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ، ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުންނެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސް (އީއެސްއެސް) ގެ 28 އޮފިސަރުން ބައިވެރިވެއެވެ.

މިތަމްރީނުތައް ފަރުމާކޮށްފައިވަނީ، އަމަލީ މަސައްކަތްތަކާއި ތިއަރީ ބައިތައް ހިމެނޭ ގޮތަށެވެ. އެގޮތުން ކިޔަވައިދޭ މުހިންމު ބައިތަކުގެ ތެރޭގައި ޤާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަޚުލާޤާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކާއި، ހެކި ދެނެގަތުމުގެ އިތުރުން އަމިއްލަ ނަފްސުގެ ދިފާއާއި ޖިސްމާނީ ދުޅަހެޔޮކަން ހިމެނެއެވެ. މީގެ އިތުރުން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުނަރުތައްވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް އުނގަންނައިދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MACL taxi

ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭގޮތަށް، ހަމަޖައްސައިފި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

Vilufushi

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުން ނިމުމަކާ ގާތަށް

Giraavaru falhu

ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި