ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ކޭޕާކް ހިޔާނާތް: މިމަސް ނިމުމުގެ ކުރިން މީހަކަށް އެޕާޓްމެންޓާއި 1.9 މިލިޔަން ރުފިޔާ ދޭން ހުކުމެއް

justice building

ހުޅުމާލޭގެ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކުމަށް ފައިސާ ނެގި މީހުންގެ ތެެރެއިން، އެޕާޓްމަންޓުމަންޓު ވިއްކި މީހަކަށް، މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން، އޭނާ ގަތް އެޕާޓްމަންޓާއި 1.9 މިލިޔަން ރުފިޔާ ދޭން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، ކޭޕާކުން އެޕާޓްމަންޓް ގަތުމަށް 11 މާޗް 2019 ގައި ވެފައިވާ އެއްބަސް ވުމުގެ ދަށުން 4.1 މިލިޔަން ރުފިޔާ ހަންބޯ ކޮމްޕެނީއަށް ދައްކާފައިވީ ނަމަވެސް އެ އެޕާޓްމަންޓް ލިބިފައިނުވާތީ، ހ. ކާނޭޝަންފިޔަ ގާތިމަތު މޫސާމަނިކުގެ ފަރާތުން ސިވިލްކޯޓުގައި ކުރި ދައުވާއެކެވެ.

މި ދައުވާގައި ފާތިމަތު މޫސާމަނިކުގެ ފަރާތުން އެދިފައިވަނީ ކޭޕާކުން އޭނާ ގަތް އެޕާޓްމަންޓް ނިންމުމަށްފަހު އޭނާއަށް ހަވާލު ކުރުމަށާއި އެ އެޕާޓްމަންޓް ލިބެން ނެތްނަމަ އެޕާޓްމަންޓް ގަތުމަށް އޭނާ ދެއްކި 4.1 މިލިޔަން ރުފިޔާ ހަންބޯއިން އޭނައަށް ދައްކަންޖެހޭ ކަމަށް އަމުރުކޮށް ދިނުމަށެވެ. އަދި އެޕާޓްމަންޓް ހަވާލުނުކޮށް ހުރުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އެޕާޓްމަންޓް ހަވާލު ކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު 25،000 ރުފިޔާގެ މަގުން މި ފައިސާ ހަންބޯއިން ނަގައިދިނުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލައިގެ ދައުވާފޯމާއި ކަމާބެހޭ ލިއުންތައް މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ހަންބޯއަށް ކޯޓުން ރައްދު ކުރި ނަމަވެސް، ދައުވާއަށް އެއްވެސް ރައްދެއް ދީފައިނުވާ އިރު، ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިއުންތައްވެސް ހުށަހަޅާފައެއް ނުވެއެވެ.

އެހެންކަމުން ހަންބޯގެ ގައިރު ހާޒިރުގައި މައްސަލަ ނިންމައި ދިނުމަށް ފާތިމަތު މޫސާމަނިކު ހުށަހެޅިއެވެ.

އެހެންކަމުން މި މައްސަލައިގައިވާ ކަންތައްތަކަށް ބެލުމަށްފަހު، ހަންބޯގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުއްރަހީމް މިއަދު ކުރެއްވި ހުކުމުގައި ވަނީ، ކޭޕާކުން ފާތިމަތު މޫސާމަނިކު ގަނެފައިވާ އެޕާޓްމަންޓް ނިންމުމަށްފަހު މި މަހުގެ ނިޔަލަށް އޭނާއާ ހަވާލު ކުރުމަށް ހަންބޯއަށް އަމުރުކޮށްފައެވެ.

އޭގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި، ފާތިމަތު މޫސާ މަނިކަށް 1.9 މިލިޔަން ރުފިޔާ ހަންބޯއިން ދައްކަން ޖެހޭކަމަށް ކަނޑައަޅައި، ފާތިމަތު މޫސާމަނިކަށް ދެއްކުމުގެ ގޮތުން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މި ފައިސާ ސިވިލް ކޯޓަށް ދައްކަން ހަންބޯއަށް އަންގައި، އެޕާޓްމަންޓް ހަވާލު ކުރުމާ ހަމައަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަންބޯއިން ކޮންމެ މަހަކު 25،000 ރުފިޔާ ފާތިމަތު މޫސާމަނިކަށް ދައްކަން ވެސް ވަނީ ހުކުމް ކޮށްފައެވެ.

ކޭ ޕާކް ހިޔާނާތުގެ މައްސަލަތަކަކީ މއ. އެރަލްސީ، ހަސަން މަމްދޫހް (މަންޑޭ) އާއި އިތުރު ބަޔަކު ބައިވެރިވެގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެޖޯރިޓީ ހިއްސާދާރުކަމުގައިވާ ޗައިނާ، ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ލިޔެކިޔުންތަކެއް ހަދައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އެކައުންޓް ހުޅުވައި ހަންބޯ ކޮމްޕެނީގެ ފަރާތުން ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާކުރަމުންދާ އިމާރާތުގެ އެޕާޓްމަންޓްތައް، އޮޅުވާލާއިގެން މަކަރާއި ހީލަތުން އާއްމު ފަރާތްތަކަށް ވިއްކައި ބައެއް އެޕާޓްމަންޓްތައް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ވިއްކައި އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ މައްސަލަތަކެކެވެ.

ކޭ ޕާކް ހިޔާނާތުގެ މައްސަލަ ތަކުގައި ސިވިލްކޯޓުން ހުކުމް ކުރަމުން އަންނައިރު، މި މައްސަލައިގައި މަންޑޭގެ މައްޗަށް ކުރި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވެ 397 އަހަރަށް ޖަލަށް ލުމަށް މިދިޔަ ޑިސެމްބަރު މަހު ކުރިމިނަލް ކޯޓުން މަންޑޭގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ކޯޓުގައި ގާއިމުކުރި ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

justice building

މިދިޔަ އަހަރު ސިވިލް ކޯޓުގައި 5680 މައްސަލަ ރަޖިސްޓްރީކޮށްފައިވޭ

ali ashfaq

ދަރަނީގެ ފައިސާ ދެއްކުމަށް އަޝްފާގަށް ހުކުމްކޮށްފި

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

TTH_advertisement