ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީގެ ދަށުން ތަރައްގީކުރާ އަގުހެޔޮ ފްލެޓުތަކުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެ ތަންތަން އާންމުންނަށް ދޫކުރަން ފަށާނެކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފު މިކަން ހާމަކުރެއްވީ ދ. ކުޑަހުވަދޫގައި އިމާރާތްކުރި ބީއެމްއެލްގެ އާ ބްރާންޗު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ ހަފުތާގައި އަމަލީ މަސައްކަތް ފެށި މި ބިޔަ މަޝްރޫއުގެ ދަށުން ޖުމްލަ 3،260 ފްލެޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ފިޔަވަހި 1، ފިޔަވަހި 3 އަދި ވިލިމާލޭގައި ކުރިއަށްގެންދާ މި މަސައްކަތް ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ހަވާލުކޮށްފައިވަނީ ދިވެހި ތިން ކުންފުންޏަކާއި ޗައިނާގެ ދެ ކުންފުންޏަކާއެވެ. އޭގެ ތެރޭގައި އާރުސީސީ، އަމިން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ އިތުރުން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ހިމެނެއެވެ.

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ “އިންކްލޫސިވް ނޭޝަނަލް އެފޯޑަބްލް ހައުސިން” ގެ ދަށުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއެކެވެ. ރާއްޖޭގައި ކުޑަ އަގެއްގައި ގެދޮރު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ހައުސިން މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ “ލީސް-ޓު-އޯން” ނުވަތަ ކުލި ދައްކައި ނިމުމުން މިލްކުވާ އުސޫލުންނެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓުތަކުގެ އަގު ހެޔޮކުރުމުގެ ގޮތުން ސަރުކާރުން ވަނީ ފްލެޓް އަޅާ ބިންތައް ބީއެމްއެލްއަށް ހިލޭ ދޫކޮށްފައެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ފްލެޓުތައް ލިބޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމެއްގެ ތެރެއިން ހޮވޭ، އަދި ބޭންކުން ކަނޑައަޅާ ޝަރުތުތައްވެސް ފުރިހަމަވާ ފަރާތްތަކަށެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރާ ގުޅިގެން ބޭންކުން ދެމުންދާ ވަރަށް ބޮޑު އެއްބާރުލުމެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ފްލެޓުތައް ނިންމައި ހަވާލުކުރާނެ ތާރީޚު ސީއީއޯ މިއަދު އިއުލާންކުރެއްވި ނަމަވެސް، މި 3،000 އަށްވުރެ ގިނަ ފްލެޓަށް ކުރިމަތިލުމުގެ އުސޫލުތަކާއި ތަފްސީލީ ޝަރުތުތައް ބޭންކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި