ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދަ ބާޒާރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން – އެޗްޑީސީ

މި އަހަރުގެ ރޯދަމަހަށް ތައްޔާރުވުމަށް އެޗްޑީސީން ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް ބާއްވާ “ރޯދަ ބާޒާރު” އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީން ބުނީ މި ހަރަކާތުގެ ފޯރި އިތުރު ކުރުމުގެ ގޮތުން މިއަދު ހަވީރު އެ ބާޒާރުގައި ހަބޭސް ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތައް ވެސް އޮންނާނެ ކަމަށެވެ.

އެޗްޑީސީ އާއި ހައިރައިޒް ގުޅިގެން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި ބާޒާރު މާދަމާގެ ނިޔަލަށް އޮންނާނެ އެވެ.

މިއަދާއި މާދަމާ ވެސް ބާޒާރު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:30 އަށެވެ. މި ބާޒާރުގައި 49 ސްޓޯލް ހުންނައިރު، ކައްކާ ތެއްޔާއި ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރާ ތަކެއްޗާއި އަންނައުނު އަދި ހާޑްވެއާ ސާމާނުގެ އިތުރުން ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވިއްކަ އެވެ.

މި އަހަރުގެ ރޯދަމަސް ފަށާނީ ކަލަންޑަރުގައިވާ ގޮތުން އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. އެޗްޑީސީން ބުނީ، އެ މުއްދަތާ ހަމައަށް ކޮންމެ ހަފުތާ ބަންދެއްގައި ރޯދަ ބާޒާރު އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ގ ގަލަން
ސްޓޯލްތަށް ނަގައިގެން އުޅޭނީ ބަންގުލާދޭސް މީހުން ނުގަވަިދުން އުޅޭ ދިވެހިނަނަކަށް ނުލިބޭނެ ސްޓޯލެއް ހީވާގޮތުން

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި