ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނގުރާ އުފައްދަން ގެންގުޅޭ ސާމާނުތަކެއް ފުވައްމުލަކުން އަތުލައިގެންފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފުވައްމުލަށް ސިޓީއިން ފުލުހުން ހޯދައިފިއެވެ.

މިތަކެތި ހޯދާފައިވަނީ މަސްތުވާތަކެއްޗާއި، ބަނގުރަލާއި ދެކޮޅަށް ފުވައްމުލައް ސިޓީ ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މި މަހުގެ 29 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ވިދާޅުވީ، މި އޮފަރޭޝަނުގައި ފުވައްމުލައް ސިޓީގެ އެކި ސަރަޙައްދުތަކުގެ ވަލުތެރެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި، ހަންތަކެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ދަނީ، މިމައްސަލަ އިތުރަަށް ތަޙުޤީޤު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ހުޅުމާލެ ހައިވޭ އިން ދުއްވާފައިދިޔަ އެމްއޭސީއެލްގެ ޕިކަޕެއް ފުރޮޅާލައިފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ