ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ / އަތަމާގެ، ޙުސައިން އަފީފް (50އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ވައިގެމަގުން ކުޑަހުވަދޫއަށް މަސްތުވާތެކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.

މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ދ. އެއާޕޯޓުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޙުސައިން އަފީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގިގުކުރުަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ހެދި ޖިމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް ޒޯން 5 ގެ ޗެމްޕިއަންކަން ކުޑަހުވަދޫއަށް