ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް އިން ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

66

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ ތިލަފުށީގައި ސެލްފް-ސާވިސް ބޭންކިން އޭޓީއެމް ޚިދުމަތް ގާއިމުކޮށް، މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ އޭޓީއެމް ވިއުގަ އިތުރަށް ހަރުދަނާކޮށްފައި ވާކަމަށެވެ.

އެ އޭޓީއެމް ހުޅުވުމަށް ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބޭންކުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން މި އަހަރުގެ ތެރޭގައި އިތުރު ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި ބްރާންޗްތަކުގެ އިތުރުން އޭޓީއެމްތައް ގާއިމުކޮށް ބޭންކުގެ ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭރު ފައިސާއަށް ވާސިލުވުމަށް އިތުރަށް ފަސޭހަކޮށްދިނުމަށް 70 އަށްވުރެ ގިނަ ޑޮލަރު އޭޓީއެމް ގާއިމުކުރާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، ތިލަފުށީގައި އޭޓީއެމް ގާއިމުކުރުމުން ދައްކުވައިދެނީ، ވިޔަފާރި މުޖުތަމައުތަކަށް ބޭންކިން ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމަށް ބެންކުން ދޭ އަހަންމިއްޔަތުކަން ކަމަށެވެ.

“ދެހާސް ސައްބީސް ވަނަ އަހަރު ޚިދުމަތް ފުޅާކުރުމަށް ރާވާފައިވާ ކަންކަމައިގެން އަޅުގަނޑުމެން ކުރިއަށް ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކަސްޓަމަރުންނަށް ވެސް ފަސޭހަ އަދި އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން މުހިންމު އިސްކަމެއް ދޭ ކަމެއް,” ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި