ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ވެލިދޫގައި ހިއްކަމުންދާ ސަރަޙައްދުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާނެކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ވެލިދޫގެ ހިއްކާ ސަރަޙައްދަކީ އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ޚާއްސަކޮށް ހިއްކަމުންދާ ސަރަޙައްދެކެވެ.

ވެލިދޫގައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. މި މަސައްކަތަކީ ރަށުގައި އިޤްތިޞާދީ މަސައްކަތްތަކަށް ފަހިކުރުމަށް، ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށް ގެންދެވުމަށް ނިންމި މަސައްކަތެކެވެ.

މި މަޝްރޫޢުއަށް އެރަށު ހުޅަނގުން 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތަށް ބަލާއިރު، ބިން ހިއްކުމަށް ވެލި އެޅުމުގެ މަސައްކަތް އޮގަސްޓް މަހު ވަނީ ނިންމާފައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ސަރަޙައްދު ޙިމާޔަތްކުރުމަށް ޖިއޯ ބޭގް ރިވެޓްމަންޓެއް ޖެހުމުގެ މަސައްކަތެވެ. މީގެވެސް ބޮޑު އިންސައްތައެއް މިހާރު ވަނީ ނިންމާފައެވެ. 443 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖަހައެވެ.

މަޢުލޫމާތުދެއްވަމުނން އެމްޓީސީސީން ވިދާޅުވީ މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް %90 މަސައްކަތް މިހާރު ނިމިފަވާކަމަށާއި ކުންފުނިން އަމާޒުކޮށްފައިވަނީ އަންނަ މަހުގެ ނިޔަލަށް ޕްރޮޖެކްޓްގެ ހުރިހާ މަސައްކަތްތައް ނިންމުމަށްކަމަށެވެ.

ނ.ވެލިދުއަކީ ސަފާރީއާއި ބޮޑެތި އުޅަނދުފަހަރު ބަނުމަށް ރާއްޖޭގައި މަޝްހޫރު ރަށެކެވެ. ނަމަވެސް އެކި ބޭނުންތަކަށް ބިން ދޫކޮށް، މިހާރު އެރަށުގެ ބިން ވަނީ ވަރަށް ބޮޑަށް ފުރިފައެވެ. ރައްޔިތުން ފާހަގަކުރާގޮތުގައި ބިން ހިއްކުމުގެ މި މަޝްރޫޢުއާއެކު، ރަށުގައި މި ވިޔަފާރީގެތެރެއަށް ބަނުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ.

“ރަށުގައި ބަނދެފަވާ 10 ސަފާރީއެއް މިހާރުވެސް އޮޕަރޭޝަންގައި އެބައޮތް. އަދި އިތުރު މަސައްކަތްތައް ކުރިއަށްދޭ. މި މަސައްކަތް ކުރުމަށް ބިމުގެ ދަތިކަން މިހާރު ރަށަށް ބޮޑު. އެހެންވީމަ މި ބިމާއެކު، އިތުރު މީހުންނަށްވެސް މި ވިފަދަ ވިޔަފާރިތަކަށް ވަންނަން މަގު ފަހިވާނެ.”

ސަފާރީއާއި ބޮޑެތި އުޅަނދުފަހަރު ބަނުމަކީ އެކަމަށް އަހަރުތައް ހޭދަވާ މަސައްކަތެކެވެ. ވެލިދޫގައި މިހާރުވެސް މި މަސައްކަތްކުރަނީ ރަށުގެ އެކި ހިސާބުތަކުގައި ދޫކޮށްފަވާ ބިންތަކުގައެވެ.

ވެލިދޫއަކީ 2700 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އަދި އެރަށުގައި އިޤްތިޞާދު ތަފާތު މަސައްކަތްތައް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ

taxi

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

ޓެކްސީލައިންއަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހަދަން ފަށާތީ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި