ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައްސަލަ ސާބިތުވުމުން އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ވަކިކޮށްފި

Amaan

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަޤާމުގައި ހުންނެވި އިސްމާއިލް ސާޖިދު މިއަދު މަޤާމުން ވަކިކޮށްފިއެވެ.

އޭނާ ވަޒީފާއިން ވަކިކުރީ އެމްއެމްއޭގައި އުފައްދާފައިވާ ޖިންސީ ފުރައްސާރަ ހުއްޓުވުމާ ބެހޭ ކޮމިޓީން ތަހުގީގު ކުރި މައްސަލަ ސާބިތުވުމުންނެވެ.

އެ ކޮމިޓީން މައްސަލަ ބެލުމަށްފަހު، ސާޖިދުގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ސާބިތުވާ ކަމަށް ވަނީ ނިންމާފައެވެ. އަދި އެ ކޮމިޓީން ވަނީ އޭނާ ވަޒީފާއިން ވަކިކުރުމަށް ލަފާދީފައެވެ. އެހެންކަމުން، ކޮމިޓީގެ އެ ނިންމުމާ އެއްގޮތަށް މިއަދުން ފެށިގެން އޭނާ ވަނީ މަޤާމުން ވަކިކޮށްފައެވެ.

އެފްއައިޔޫގެ ވެރިޔާގެ މަޤާމަށް ސާޖިދު އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް، އޭނާގެ މައްޗަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން، މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ. ސާޖިދަކީ މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ މާލީ މުއާމަލާތްތައް މޮނިޓާ ކުރުމަށް އެމްއެމްއޭގައި ގާއިމުކޮށްފައިވާ މުހިންމު ޔުނިޓެކެވެ. ގާނޫނު ބުނާގޮތުން އެ ޔުނިޓުގެ އިސްވެރިޔާ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންވަނީ ގަވަނަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ