ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފ. ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދަނީ

ފ. ނިލަންދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ފ. ނިލަންދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް، ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 13,300 އަކަފޫޓުގެ ބިމެއްގައެވެ. މި ހޮޓަލުގައި މަދުވެގެން 50 އެނދު ހުންްނަން ޖެހޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 24 މަސްދުވަސްތެރޭގައި އަމަލީ މަސައްކަތްތައް ފަށަން ޖެހޭނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ނިލަންދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 24ވަނަ ދުވަހު ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 1 އެޕްރީލްގެ 12:00ގައި ބީލަން ހުށަހަޅަންޖެހޭނެ ކަމަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އަންނަ މަހުގެ 23ވަނަ ދުވަހުގެ 12:00ގެ ކުރިން އެ ވުޒާރާގެ އީމެއިލަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ފޮނުވުމަށްވަނީ އެދިފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިކަމާއިގުޅޭ ބީލަން ފޮތް ހޯމަ ދުވަހުން ފެށިގެން 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300އާއި އެ ވުޒާރާގެ ރިސެޕްޝަނުން ލިބޭނެ ކަމަށެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ 29 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލް [email protected] އަށް އީމެއިލްކޮށްގެން ސާފުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއް ބަލަނީ

ވޭމަންޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ