ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް ބޮޑުކޮށްފި

990

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް އަންނަ މަހުގެ އެކަކުން ފެށިގެން ދެގުނަ ބޮޑުކޮށްފިއެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ އެ ބޭންކުން ދޫކުރާ ކްރެޑިޓް ކާޑުތަކުގެ ތެރެއިން ތިން ކެޓަގަރީގެ ކާޑަކުން ލިމިޓް ބޮޑުކޮށްފައިވާ ކަމަށެވެ.

ކާޑުގެ ލިމިޓް އިތުރުކުރި ގޮތް:

  • ކްލެސިކް ކްރެޑިޓް ކާޑުތަކުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް
  • ގޮލްޑް ކްރެޑިޓް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،500 ޑޮލަރަށް
  • ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 3،000 ޑޮލަރަށް

ބީއެމްއެލް އިން ބުނީ މިއީ ކޮންމެ ކަސްޓަމަރަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ލިމިޓްގެ އިތުރުން އެ ކަސްޓަމަރެއްގެ ކްރެޑިޓް ކާޑަށް ހަމަޖައްސާފައިވާ ލިމިޓެއް ކަމަށެވެ.

އެ ބޭންކުން ވަނީ މިދިޔަ ނޮވެމްބަރު މަހު ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް އިތުރުކޮށްފައެވެ. އެގޮތުން ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް ވަނީ ލިމިޓް އިތުރުކޮށްފައެވެ. އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

bml

ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި