ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔޫއެންއޯޑީސީގެ ރީޖަނަލް ރެޕްރެޒެންޓެޓިވް މަޤާމުގެ ފަތްކޮޅު އަރުވައިފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްއިން ދެކުނު އޭޝިއާއަށް ކަނޑައެޅުއްވި އާ ރީޖަނަލް ރެޕްރެޒެންޓެޓިވް، ކްރިސްޓިއަން ހޮލްގަރ މަޤާމުގެ ފަތްކޮޅު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލަށް ހުށަހަޅުއްވައިފިއެވެ.

ފަތްކޮޅު ހުށަހެޅުއްވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ޔޫއެންއޯޑީސީއާއެކު ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް ވަޒީރު ޚަލީލު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ޔޫއެންއޯޑީސީން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުށްތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކާއި ޤާބިލުކަން އިތުރު ކުރުމުގެ ހަރަކާތްތަކާއި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބައްޓަން ކުރުމުގައި ޔޫއެންއޯޑީސީއާއެކު މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ވަޒީރު ޚަލީލު ވަނީ، މިއީ ޤައުމުގެ ސުލްޙައާއި ސަލާމަތާއި ތަރައްޤީއަށް މަގުފަހިކޮށްދޭ ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.

ރީޖަނަލް ރެޕްރެޒެންޓެޓިވް ހޮލްގަރ ވަނީ، ޔޫއެންއޯޑީސީއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ފާހަގަކުރައްވައި، ސަރުކާރުން އަހަންމިއްޔަތުކަން ދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޔޫއެންއޯޑީސީއިން މިހާރު ކުރިއަށްގެންދާ އަދި ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތަކަށް އަލިއަޅުއްވާލައްވައި، ދެކުނު އޭޝިއާ ސަރަޙައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ސަރަޙައްދީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

893

ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ގޮވާލައިފި

3

އިސްރާއީލުން ދަނީ މުޅި ސަރަހައްދުގެ ހަމަނުޖެހުން ނަގާލަމުން: މިނިސްޓަރު ޚަލީލް

Kuwwait 945x630

ފޮރިން މިނިސްޓަރު ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Kkvv

ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދަން މިނިސްޓަރު ޚަލީލް ކުވައިތުގައި