ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ރާޔާ މާލެ” ނަމުގައި ހިންގާ ޕޭޖްގެ އަވާގައި ޖެހިއްޖެނަމަ ބޭންކު އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ސިންކުންތެއްގެ ތެރޭ ގެއްލޭނެ!

8w

“ރާޔާ މާލެ” ނަމުގައި ހިންގާ ޕޭޖަކުން ސްކޭމް ކޮށްގެން މީހުންގެ ބޭންކު އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ފޭރޭތީ، އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ ޖުވެލަރީ ފިހާރައަކަށް ހެދިގެން އެ ޕޭޖުން ސްކޭމްގެ މަޅީގައި މީހުން ޖައްސަނީ 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭ ކަމަށް ކަސްޓަމަރަށް ދައްކައިގެން ކަމަށެވެ.

ނަމަވެސް ސްކޭމްކުރާ ޕޭޖުން ކަސްޓަމަރު އެއްޗެއް ގަންނަން ބޭނުންވެއްޖެ ހިނދެއްގައި، ފައިސާ ދެއްކުމަށް ފޭކް ލޮގިން ޕޭޖެއް ދައްކައި، ބެންކް އޮފް މޯލްޑިވްސްގެ ޔޫޒާ އަދި ޕާސްވޯޑް އަތުލާ ކަމަށެވެ.

“މި ވެބްސައިޓަކީ ކާޑުގެ މައުލޫމާތުގެ އިތުރުން ތިޔަފަރާތުގެ އިންޓަނެޓް ބޭންކިން ކްރެޑެންޝަލްސް ވަގަށް ނެގުމަށް ހިންގަމުންދާ ސްކޭމެއް،” ފުލުހުން ބުންޏެވެ.

މިގޮތުން އެ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން އިންޓަނެޓް ބޭންކިންއަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރިގަންނަން މަސައްކަތް ފަށާ ކަމަށް ފުލުހުން ބުންޏެވެ.

އެއްވެސް ވެބްސައިޓަކުން ބޭންކުގެ ލޮގިންއަށް ވަނުމަށް ދީފައިވާނަމަ، އެކަން އެގޮތަށް ނުކުރުމަށާއި އޯޓީޕީއެއް ހިއްސާކުރަން އެދިފައިވާނަމަ އެކަން ވެސް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

“ރާޔާ މާލެ” ނަމުގައި ހިންގާ ވެބްސައިޓުގައި މައުލޫމާތެއް ޖެހިފައިވާނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކައުންޓާއި ކާޑު ބްލޮކް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ބިދޭސީން ސަލާމަތްކުރަން ޖެހުނީ ގޭގެ ފާރުތަޅާލަން: ފުލުހުން

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި

Iu

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

police

މާފަންނުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ