ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ފްލެޓާއި ގޯއްޗަށް އެދި 1600 އަށްވުރެ ގިނަ މީހުން ހުށަހަޅައިފި

raees muiz

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުޅުވާލި ބޯހިޔާވަހިކަމުގެ އާ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، 1600 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

އެ ވުޒާރާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، “ޢާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމްލަ 1616 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ގިނަ ފަރާތްތަކުން އެދިފައިވަނީ ފްލެޓަށެވެ. އެގޮތުން ފްލެޓަށް އެދި 1160 ފަރާތަކުން ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 456 ފަރާތަކުންނެވެ. ހުށަހެޅި ފޯމުތަކުގެ އިތުރުން، ފޯމު ފުރިހަމަކުރުމުގެ މަރުހަލާގައި ނުވަތަ ޑްރާފްޓް ސްޓޭޖުގައި 7605 މީހުން ތިބިކަމަށްވެސް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު އިޢުލާނުކުރި މި ސްކީމުގެ ދަށުން ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް މިހާރު ވަނީ ޢާއްމުކޮށްފައެވެ.

މި ފަހަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މި ސްކީމުގެ ދަށުން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފްލެޓް ދޫކުރުމަށް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގެ އުސޫލަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 10,000 ގޯތި ޚާއްޞަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި، އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އެމީހުންގެ އާއިލާ ބޮޑުވެ ދަރިން ތިބި ނިސްބަތަށް ބަލައި، 3 ކޮޓަރީގެ ފްލެޓަށް ބަދަލުވުމުގެ ފުރުޞަތުވެސް މި ސްކީމުގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ބޯހިޔާވަހިކަން އެންމެނަށް އެއް ދުވަހުން 518 އެޕްލިކޭޝަން

raees muiz

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވައިލައިފި

raees muiz

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން މާދަމާ ހުޅުވައިލަނީ

TTH_advertisement