ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވަނީ ޖަނަަވަރީ 23 ވަނަ ދުވަހުގެރޭ ފައިނަލުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ ސެޓްތައް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓީމުން ކާމިޔާބުކުރީ 25-22، 25-23 އަދި 26-24 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހައިދާ އިމާދުއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އައިމިނަތު އަރީޝާ އާއި ހައިފާ އިމާދުގެ އިތުރުން އެމްޓީސީސީގެ މާޔާ ޙުސައިން ސޮލާހު އާއި ފާތިމަތު އަމާނީ ޝިޔާމް އާއި އައިމިނަތު ރަފާ އިބްރާހިމް އަދި އިމިގްރޭޝަންގެ އައިމިނަތު އަފާފް ނިޒާމްއެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މާޝާ ފާރޫޤު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޗު މުނާ މުނީރުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އައިމިނަތު އަރީޝާއެވެ.
އިންޓަރ އޮފީސް ވޮޅީބޯޅަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖަނަވަރީ 14 އިން 23 އަށް ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައެވެ.
ކިޔުންތެރިންގެ ހިޔާލު