ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހޯދަނީ

Amaan

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި، އާންމުންނަށް ދޫކޮށްފައިވާ ފުލެޓުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ބަޔަކު އޮޅުވާލައިގެން މައުލޫމާތު ހޯދަމުން އަންނަ ކަމަށް ބުނެ، އެކަމަށް ސަމާލުވާން އެ ކުންފުނިން އެދިއްޖެއެވެ.

އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ކުންފުނީގެ ނަމުގައި އެސްއެމްއެސް އާއި ކޯލުތަކާއި ވައިބާ މެދުވެރިކޮށް އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ބަޔަކު މަސައްކަތްކުރަމުން އަންނަކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފުލެޓުތަކާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކުންފުނިން މެސެޖުކޮށް ނުގުޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އޮޅުވާލައިގެން ހިންގާ ސްކޭމްތަކަށް އާންމުން ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި

ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވައިފި