ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ދެ އަހަރުގެ ތެރޭގައި ދަރިވަރުންގެ ލޯނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

students

މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ދަރިވަރުންގެ ލޯނުގެ ގޮތުގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ތައުލީމީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ތައުލީމީ ދުވަސް ފާހަގަކުރަމުންދާއިރު ތައުލީމަކީ ދެމެހެއްޓެނިވި ތަރައްގީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާކަން ހަނދާންކުރަންޖެހޭކަމަށެވެ.

ތައުލީމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް އެފަރާތްތައް ބާރުވެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ޒުވާނުންގެ ތައުލީމީ ނިޒާމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، މުހިންމު، އަދި ބަދަލުތަކެއް ގެނުވައިދޭ ނިޒާމަކަށް ހެދުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ތައުލީމަކީ ގައުމީ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބު ކަމުގައި މިސަރުކާރުން ކަނޑައަޅާފައިކަމަށް ވިދާޅުވެ، ހިލޭ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭ ސްކީމުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރޭގައި، 6,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދަރިވަރުންގެ ލޯނުގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފައިވާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕޯސްޓު ނިންމާލައްވަމުން ތައުލީމު އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ވެސް ކުރިއަރައިދިއުމުގެ ފުރުސަތު ހޯދައިދީ، ގައުމީ ތަރައްގީގައި ބައިވެރިވުމުގެ މަގު ފަހިކޮށްދެވޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ހަރަދެއް ކުރަމުން އަންނައިރު ހިލޭ ޑިގްރީ ޕްރޮގްރާމުގައި ކިޔެވި 6،640 ދަރިވަރުން ފާއިތުވި ދެ އަހަރު ވަނީ ދަސްވެނިވެފައެވެ. މަތީތައުލީމާ ބެހޭ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން މިދިޔަ އަހަރު ރަޖިސްޓްރީވި 2798 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 1790 އަންހެން ދަރިވަރުންނާއި 1،008 ފިރިހެން ދަރިވަރުންނެވެ. ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 2025 ގައި ދަސްވެނިވީ 3286 ދަރިވަރުންނެވެ. އެއީ 2181 އަންހެން ދަރިވަރުންނާއި 1105 ފިރިހެން ދަރިވަރުންނެވެ.

2024 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ތެރޭގައި 5863 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރިއެވެ. އެއީ 3765 އަންހެން ދަރިވަރުންނާއި 2،098 ފިރިހެން ދަރިވަރުންނެވެ.

މަތީ ތައުލީމީ ވުޒާރާއިން ބުނީ މި ވަގުތު 8،680 ދަރިވަރުން ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވަމުން ގެންދާ ކަމަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރު ދުވަހު ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވި ކޮންމެ ދަރިވރަކަށް 51،400 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް

students

ވޭތުވެދިޔަ ދެ އަހަރު ހިލޭ ޑިގްރީ ސްކީމުގެ ދަށުން 6،000 ކުދިން ދަސްވެނިވެއްޖެ: ރައީސް

100 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު ގާއިމުކޮށްފި

school darivarun

ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ ކިޔެވުމަށްފަހު ސްކޫލްތަށް އަނެއްކާވެސް ބަންދުވާނެ

TTH_advertisement