ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

Male city council

މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބައުވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ތަކާއި ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް ނައްތާލަން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާދަމައިން ފެށިގެން މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ބައު މުސްހަފުތައް ބަލައިގަންނަމުން ގެންދާނެކަމަށެވެ.

ތަކެތި ބަލައިގަންނަ ތަންތަން

މާލެ : ސިނަމާލެ 3 ގެ ގޯތިތެރެ ( ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ )

ވިލިމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން

ހުޅުމާލެ : މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް

ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލައިގަންނާނީ، ގޭގެއިން ގެންނަ، ނައްތާލަން ބޭނުންވާ، ބައުވެ ނުވަތަ ހަލާކުވެފައިވާ ތަކެތި ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރުމަށް، 7994565 އަށް ގުޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

TTH_advertisement