ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

87

ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ނ. ވެލިދުއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސީޕްލޭންގެ ޚިދުމަތަކީ ޚަރަދު ބޮޑު ކަމެއް ނަމަވެސް އެއީ ލޯަކަލް ޓޫރިޒަމް ކުރިއަރުވަން މުހިންމު އެއްޗެއް ކަމަށް އަމީން ވިދާޅުވިއެވެ.

” ރާއްޖޭގެ އާބާދީ ނިސްބަތަށް ބަލާއިރު މީ ވަރަށް ހަރަދު ބޮޑުކަމެއް، އެހެންނަމަވެސް ތަރައްޤީގެ ގޮތުންނާއި ލޯކަލް ޓުއަރިޒަމް ކުރިރުވުމުގެ ގޮތުން އަދި އުމްރާނީ ގޮތުންވެސް ކުރަންޖެހޭ ކަންކަން ކުރުމުގައި ދަތުރު ފަތުރުގެ ނިޒާމަކީ މުހިންމުކަމެއް. އެގޮތުން ކަނޑުގެ މަގުން އޮންނަ ނެޓްވޯކުގެ އިތުރުން ވައިގެ މަގުން ނެޓްވޯކް އިތުރުކުރުމަކީ މުހިންމު ކަމެއް” އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ފެށި ސީޕްލޭންގެ ޚިދުމަތަކީ ވެލިދުއާއި ފޮއްދުއަށް ވެސް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

ރައީސްގެ އިސްނެގުމުގެ ދަށުން މިހާރުވެސް ރާއްޖޭގެ ދެ ސަރަހައްދެއްގައި ސީޕްލޭންގެ ޚިދުމަތް ދެމުންދާއިރު ވެލިދޫއަކީ ތިން ވަނަ ސަރަހައްދުކަމަށް އަމީން ވިދާޅުވިއެވެ. އަދި އަންނަމަހު ރައީސްގެ ވައުދާ އެއްގޮތަށް އއ. ތޮއްޑޫއަށްވެސް ސީޕްލޭންގެ ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވިއެވެ.

މިމަހުގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަތޮޅާއި ފުވައްމުލަކާއި ގއ.އަތޮޅު އަދި ގދ. އަތޮޅު ގުޅުވާލުމަށް ނިންމާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

velana-seaplane-check-in

އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުންކުރަން ފަށައިފި