ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެޓް އޮފީހުގެ ބްރޭންޑް އައިޑެންޓިޓީ ރަސްމީކޮށް އިފްތިތާހުކޮށްފި

G HpvL0X0AEy15G 1140x570

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަވިސް (މެޓް އޮފީސް) ގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުކޮށް، އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި އެ އިދާރާގެ އައު ބްރޭންޑް އައިޑެންޓިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ތައާރަފުކުރި މި އައު ބްރޭންޑް އައިޑެންޓިޓީއަކީ، މޫސުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން، ކާރިސާތަކުގެ ވަގުތުގައި ދެވޭ ކުރިއާލާ އިންޒާރު ނުވަތަ ”އާލީ ވޯނިން“ ސާވިސްގެ ގައުމީ މައި އިދާރާގެ ހައިސިއްޔަތުން މެޓް އޮފީހުގެ ދައުރު އިތުރަށް ވަރުގަދަކޮށްދޭނެ ކަމެކެވެ. މިއީ އެ އިދާރާގެ ދިގު ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ.
މަސައްކަތަކީ ޗައިނާ އިންޓަނެޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ އެހީގައި (ޔޫއެންޑީޕީ) އިން ހިންގާ ”ތައްޔާރު“ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު މަޝްރޫއެކެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، އައު ބްރޭންޑް ފަރުމާކޮށްފައި ވަނީ އެ އިދާރާގެ މަސައްކަތްތަކާއި މަގްސަދުތައް ފުރިހަމައަށް ރަމްޒުކޮށްދޭ ގޮތަށެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމީ މައުލޫމާތުތަކާއި އިންޒާރުތަކަކީ އިތުބާރު ހުރި، ސައްޚަ މައުލޫމާތުތަކެއްކަން ދެނެގަތުމަށް އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

އައު ބްރޭންޑް އިފްތިތާހު ކުރުމާއެކު، މެޓް އޮފީހުގެ ރަސްމީ ވެބްސައިޓާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އިތުރުން، އާންމުންނަށް ދޫކުރާ ރަސްމީ ލިޔެކިޔުންތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. މިއީ ރާއްޖޭގެ މޫސުމީ ޚިދުމަތް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތަރައްގީ ކުރުމަށް ކުރެވޭ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

އަނެއްކާވެސް ރާއްޖޭގެ ވައި ނުސާފުވެ ޢާންމުން ސަމާލުވާން އެދިއްޖެ

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ވައި ނުސާފުވެ، ރެޑް އެލާޓްގައި

މިއަދާއި މާދަމާވެސް ވައި ވަރަށް ނުސާފު، ބޭރަށް ދާއިރު މާސްކު ބޭނުންކުރުން މުހިއްމު