ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ ކިޔެވުމަށްފަހު ސްކޫލްތަށް އަނެއްކާވެސް ބަންދުވާނެ

school darivarun

އަންނަ މަހުގެ މެދު ތެރޭގައި ފެށޭ މިއަހަރުގެ ރޯދަ މަހު، ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ އަންނަ އަންގާރަ ދުވަހު ފެށޭ ދިރާސީ އާ އަހަރުގެ ކަލަންޑަރު އާންމުކޮށްފައެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މިމަހުގެ 27 ވަނަ ދުވަހަކީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަހެވެ. އަދި އަންނަ މަހުގެ 18 ވަނަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. އެއާއެކު ޖެހިގެން އަންނަ 19 ވަނަ ދުވަހަކީ ސްކޫލުތައް ބަންދު ދުވަހެކެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހު ސްކޫލުތަކުގެ ކިޔެވުން އޮންނާނީ 22-26 ފެބްރުއަރީއަށް އެކަންޏެވެ.

އެއަށްފަހު ޖެހިގެން އަންނަ ހުކުރާއި ހޮނިހިރަށް ފަހު މާޗު އެއްވަނަ ދުވަސް ވަނީ ޓީޗަރުންގެ ޕީޑީ ދުވަހަށެވެ. ޕީޑީ ދުވަހުގެ ހަރަކާތްތައް އެއް ހަފުތާއަށް ދެމިގެންދާއިރު އެ ދުވަސްތަކުގައި ދަރިވަރުން ކިޔަވަން ސްކޫލަށް ދާން ނުޖެހޭ ދުވަސްތަކެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ރޯދަ މަހުގެ ފަހު 10 އަކީވެސް ބަންދު ދުވަސްތަކެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ނިންމައި ސްކޫލްތަކުގައި އަލުން ކިޔަވައިދޭން ފަށާނީ މާޗު 23 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakat

ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

ahmadiyaa school

އޭލެވެލް މޭ/ޖޫން އިންތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

police

ރޯދަ މަހު ދުވާލު ކައިގެން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި