ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

MPL

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކު ފިޓް ޖެހުމުގެ ސަބަބުން މަރުވެއްޖެއެވެ.

އެމްޕީއެލުން މިއަދު ބުނީ ފިޓް ޖެހުމުގެ ސަބަބުން މަރުވެފައިވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފު ފިޓް ޖެހިފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

މަރުވެފައިވަނީ ފްލީޓް ސާވިސް ޑިޕާޓްމެންޓުގެ މެރިން ކްރާފްޓުގެ ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމުގައިހުރި ގއ ދެއްވަދޫ، އަމީން އަބްދުލްހަމީދު (30އ) ކަމަށް އެމްޕީއެލުން ބުންޏެވެ.

“ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލެ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތް ޖެޓީ ސަރަހައްދު މޫދަށެވެ. މި ހާދިސާ ހިނގުމާއެކު، މި ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމެންޓުގެ އެމެޖެންސީ ރެސްޕޮންސް ޓީމުންވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑުވެ، އެމްބިއުލާންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަމީން ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ” އެމްޕީއެލް

އަމީން، އެމްޕީއެލްގައި މަސައްކަތް ކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގައިކަމަށް އެމްޕީއެލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ