ތައުލީމީ ދާއިރާގައި 34 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އާމިނަތު ހަސަން (އައިންތު މިސް) އުމުރުން 58 އަހަރުގައި މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމްއެޗްގައެވެ.
އައިންތު މިސްއަކީ އަމީނިއްޔާ ސްކޫލުގައި 23 އަހަރު ވަންދެން ޓީޗަރުކަމާއި ލީޑިން ޓީޗަރުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަންވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ދިވެހި ބަހަށް ލޯބިކުރެއްވި އައިންތު މިސްއަކީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު