ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

778

ރ. އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.

ކީމޯތެރަޕީގެ ޚިދުމަތް އެ ހޮސްޕިޓަލްގައި ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ކީމޯތެރަޕީ އަކީ ކެންސަރު ބަލި ތަހަންމަލްކުރާ ފަރާތްތަކަށް ދެވޭ ފަރުވާއެކެވެ.

އަތޮޅުގެ ތެރެއިން ދެވޭ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކީމޯ ތެރަޕީގެ އިތުރުން، ޑަޔަލިސިސް އާއި އެކްސްރޭ އާއި ސްކޭން ފަދަ ޚިދުމަތް އަތޮޅުތަކުގައި ދަނީ ފުޅާކުރަމުންނެވެ.

އަތޮޅު ތެރޭގެ ބައެއް ސިއްހީ މަރުކަޒުތައް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އާ އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ރަހިމުގެ އެތެރެ ފަށަލާގައި އުފެދޭ މަސްކޮޅުތައް ނަގަން ޒަމާނީ އޮޕަރޭޝަނެއް އުނގޫފާރު ހޮސްޕިޓަލްގައި ކޮށްފި

Oo

އުނގުލަކީ އުނގޫފާރުގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

އުނގޫފާރު ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ދޭން ފަށައިފި

އުނގޫފާރު ސްކޫލު ސްޓަރ ދަރިވަރުންނަށް ”ފަޔަރ ސޭފްޓީ” ސެޝަނެއް ކުރިއަށް ގެންގޮސްފި