ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނު މީހުންނަށް އެހީދޭ ޖަމާއަތުގެ އިމާރާތް ތަޅާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Izaam

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އެޖެންސީ (އަންރުވާ) ހިންގާ އިމާރާތް އިސްރާއިލުން ތަޅާލުން ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފިއެވެ.

ޝެއިޚް ޖައްރާ ސަރަހައްދުގައި ހުންނަ އެ އިމާރާތް ތަޅާލުމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުގެ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

އެފަދަ ކަންކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު މިހާރަށް ވުރެ ގޯސްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެ ޖަމިއްޔާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ދިވެހި ސަރުކާރުން ވަނީ އެ ކަމަށް ތާއިދުކޮށްފައެވެ.

އޭގެ އިތުރަށް، ބައިނަލްއަގުވާމީ ގާނޫނުތަކާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އެ ގައުމު ޒިންމާދާރުކުރުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ރާއްޖޭން ވަނީ ގޮވާލާފައެވެ. އަދި، އަމަލީ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުތަކުން އިސްރާއިލާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓްރީން ތަކުރާރުކޮށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

މެދުއިރުމަތީގައި ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

kulli khabaru

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފި

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

767

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ