ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޯޅަވަހީގެ މައްޗަށް މޮރިޝަސް އަށްވުރެ ރާއްޖޭގެ ހައްގު ބޮޑު: ރައީސް

raees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ޗާގޯސް ނުވަތަ ދިވެހިން ކިޔާ ގޮތުންނަމަ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހިންގުމުގެ ހައްގު، މޮރިޝަސްއަށްވުރެ ބޮޑަށް ޖިއޮގްރަފީގެ ގޮތުންނާއި، ތާރީޚީ ގޮތުން އަދި ޤާނޫނީ ގޮތުންވެސް އޮތީ ދިވެހިރާއްޖެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ‘އެކްސްޕްރެސް.ކޯ.ޔޫކޭ’ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދެކުނުން އޮންނަ މި ޖަޒީރާތަކާއި ރާއްޖެއާ ދެމެދު ޒަމާންވީ ތާރީޚީ ގުޅުންތަކެއް ވާކަމަށާއި، އެކަން ސާބިތުކޮށްދޭނެ ލިޔެކިޔުންތައް ވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އެހެން އެއްވެސް ޤައުމަކަށްވުރެ ބޮޑަށް އެތަނުގެ މައްޗަށް ދަޢުވާ ކުރުމުގެ ޙައްޤު ރާއްޖެއަށް އޮތްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފޯޅަވަހީގެ މުސްތަޤްބަލާ ގުޅޭގޮތުން ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު ރަސްމީކޮށް މުޢާމަލާތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަސްމީ ސިޓީތަކެއްގެ ޒަރިއްޔާއިން ދިވެހި ސަރުކާރުގެ ކަންބޮޑުވުންތައް އިނގިރޭސި ބޮޑުވަޒީރަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ. ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި މި މައްސަލައަކީ ހަމައެކަނި ބައިނަލްއަޤްވާމީ ސިޔާސީ މަސްލަހަތާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ ތާރީޚީ ޙަޤީޤަތްތަކާއި އިންސާފުގެ އިތުރުން، ޒަމާންވީ އެކުވެރި ބައިވެރިއެއްގެ އަޑު އެހުމަށް އިނގިރޭސިވިލާތުން ދޭ އަހައްމިއްޔަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ މައްޗަށް އެންމެ ވަރުގަދަ ދަޢުވާއެއް ކުރެވެން އޮތީ ރާއްޖެއަށް ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ހޫނުވެފައިވަނީ، އިނގިރޭސިވިލާތުން ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކޮށް، އެތަނުގައި އޮންނަ ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް ނިންމާފައި ވަނިކޮށެވެ. މިދިޔަ މެއި މަހު ސޮއިކުރި 3.4 ބިލިއަން ޕައުންޑްގެ މި އެއްބަސްވުމުގެ ދަށުން، މަރުކަޒު ހިންގުމަށް އަހަރަކު 101 މިލިއަން ޕައުންޑް އިނގިރޭސިވިލާތުން ހޭދަކުރަން ޖެހެއެވެ. ނަމަވެސް މި ނިންމުމަކީ “ބޮޑު މޮޔަކަމެއް” ކަމަށް ވިދާޅުވެ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އިނގިރޭސިވިލާތަށް ފާޑުވިދާޅުވެފައެވެ.

ރައީސް މުއިއްޒު 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވެސް ވަނީ މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި