ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަބްދުލްއަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހި، ފަރުވާ ދޭން ފަށައިފިއެވެ.
އަޒީބެގެ ދަރިކަލުން އަހުމަދު ކުމައިލް ވިދާޅުވީ ބައްޕައަށް މި ވަގުތު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެނގިފައިވާގޮތުގައި ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައެވެ.
އޭނާ ވަނީ ބައްޕައަށް ހެޔޮ ދުއާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
އަޒީބެ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން އަޒީބެ ވަނީ އަރަބިއްޔާ ސްކޫލުގައި ވެސް ހިދުމަތް ކުރައްވާފައެވެ.
އަމިއްލަ ގްރޫޕެއް ހަދައިގެން އުމްރާއަށް މީހުން ގެންދިޔުމުގެ މަސައްކަތް ވެސް އަޒީބެ ކުރައްވައެވެ.
ކިޔުންތެރިންގެ ހިޔާލު